ލަހެއް ނުވެ ރައީސް ނަޝީދު މިނިވަން ވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒް ރަޝީދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
"ލަހެއް ނުވެ ރައީސް ނަޝީދު މިނިވަން ވާނެ، އިންޝާﷲ" ރިޔާޒް ރަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރިޔާޒް ރަޝީދު މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބު ނިމުނު އިރު ރިޔާޒް ހުންނެވީ ރައީސް ޔާމީނާއި އެކުގައެވެ.
ރިޔާޒް ރަޝީދުގެ މި ޓްވީޓުން އެއް ބަޔަކަށް ހައިރާންކަން ލިބިފައިވާއިރު ރިޔާޒްގެ މި ޓްވީޓަށް ރައްދު ދިން އެކަކު ބުނެފައިވަނީ ދެ ސައެއް ނުބޮވޭނެ ކަމަށެވެ. ވިސްނުނީ އަދި ކިރިޔާތޯ ސުވާލު އެކަކު ސުވާލުކޮށްފައިވާއިރު ރިޔާޒް މިހާރު އެވަނީ ކުލަ ބަދަލުވާ ބޯވަޔަކަށް ބަދަލުވެފައިކަމުގައިވެސް އެކަކު ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް