ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމުގައި ތުރުކީގެ ރައީސް ތައްޔިޕް އުރުދުގާން ވިދާޅުވެއްޖެއެވެ.
އުރުދުގާން މިހެން ވިދާޅުވެފައިވަނީ އޭނާގެ އޭކޭ ޕާޓީގެ ޕާލަމަންޓްގައި ވާހަކަ ދައްކަވަމުންނެވެ.
އުރުދުގާން ވިދާޅުވެފައިވަނީ ހަޝޫގްޖީ މަރާލުމުގެ އެއް ދުވަސް ކުރިން ސައުދީ އެޖެންޓުން ތުރުކީއަށް އައިސް ކޮންސިއުލޭޓްގެ ކެމެރާތައް ނެގި ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު ތުރުކީގެ ޖަންގައްޔެއް ބަލަން ގޮސްފައިވާކަމުގައިވެސް އުރުދުގާން ވިދާޅުވެފައިވެއެވެ. އުރުދުގާން އިތުރަށް ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައިވާކަމަށް ބުނާ 18 މީހުންނަކީ ތުރުކީގެ އިންޓެލިޖެންސަށްވެސް އެނގިފައިވާ 18 މީހުން ކަމަށެވެ.
މިއީ ހަޝޫގްޖީގެ މަރުގެ މައްސަލައިގާ މިވަރުގެ ތަފްސީލެއް އުރުދުގާން ދެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މި ވާހަކަތައް ތުރުކީގެ އިސް އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުގައި ކުރިން ރިޕޯޓް ކޮށްފައިވެއެވެ.
ހަޝޫގްޖީ މަރާލި މައްސަލައިގެ ތަފްސީލްތައް މި ހަފްތާގެ ތެރޭގައި ހާމަކުރައްވާނެކަމަށް އުރުދުގާން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް