އޮކްޓޯބަރ 2 ވަނަ ދުވަހު ތުރުކީގެ އިސްތާމްބުލް ގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީގެ ހަށިގަނޑުގެ ބައިތައް އެ ކޮންސިއުލޭޓްގެ ވަޅެއްގެ ތެރޭގައި އެބަ ހުރި ކަމަށް ތުރުކީގެ އޮޕޮޒިށަން ލީޑަރު ހާމަ ކުރައްވައިފިއެވެ.
އޮޕޮޒިށަން ލީޑަރު މިހެން ހާމަ ކުރައްވާފައި މިވަނީ ހަޝޫގްޖީގެ މަރުގެ ހަގީގަތް މި ހަފްތާގެ ރޭޑިއޯ ހިތާބުގައި ހާމަކުރައްވާނެކަން ތުރުކީގެ ރައީސް އުރުދުގާން ވިދާޅުވެފައި ވަނިކޮށެވެ.
މީގެ ތިން ހަފްތާ ކުރިން މަރާލާފައިވާ ހަޝޫގްޖީގެ މަރުގެ އެތައް ވާހަކަ ތަކެއް މިޙާރު ފެންމަތިވަމުން އަންނަ އިރު ތުރުކީގެ މުއުތަބަރު މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓު ކުރާ ގޮތުގައި ކޮންސިއުލޭޓް ތެރޭގައި ހަޝޫގްޖީ މަރާލާފައި ވަނީ އެކަމަށް ޓަކައި ސައުދީއިން ދިޔަ 15 މީހުންގެ މައްޗަށް އެކުލެވޭ ހާއްސަ ޓީމަކުން ކަމަށެވެ.
އޮކްޓޯބަރު ދޭއްގައި ހަޝޫގްޖީ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ތުރުކީގެ ހަދީޖާ ނަމަކަށް ކިޔާ މީހަކާއި ކައިވެނި ކުރުމަށް، ސަައުދީ ކޮންސިއުލޭޓުން ހޯދަން ޖެހޭ ލިޔުމެއް ހޯދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް