ރިސޯޓަކަށް އެތެރެކުރި ޖެނަރޭޓަރު ތަކެއް އަގު ބޮޑުކޮށް ފެނަކައަށް ވިއްކި މައްސަލަ އޭސީސީއަށް

ރިސޯޓަކަށް އެތެރެކުރި ޖެނެރޭޓަރު ތަކެއް ފެނަކައަށް ވިއްކި ކަމަށް ބުނާ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ. އެ މައްސަލައަކީ ޑިއުޓީ މާފު އުސޫލުގެ ދަށުން ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ...

23 Oct 2018 | 07:32

ރިސޯޓަކަށް އެތެރެކުރި ޖެނެރޭޓަރު ތަކެއް ފެނަކައަށް ވިއްކި ކަމަށް ބުނާ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލައަކީ ޑިއުޓީ މާފު އުސޫލުގެ ދަށުން ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ތ.ކަޅުދިޔަފުށީގައި ބޭނުން ކުރުމަށް ކަމަށް ބުނެ ގެނެސްފައިވާ ހަތަރު ޖަނަރޭޓަރު ކަމަށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ޖަނަރޭޓަރުތައް ފެނެކައަށް ގަނެފައިވަނީ ޕާޗޭސް އޯޑަރެއް ފޮނުވައިގެންނެވެ. އަދި ޖަނަރޭޓަރުތައް ވިއްކާފައިވަނީ ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ ނަމުގައި ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ، އެ ޖަނަރޭޓަރު ތަކުގެ ތެރެއިން ފުރަތަމަ ޖަނަރޭޓަރު ގަނެފައިވަނީ ލ.ގަމަށް ކަމަށާއި، ދެވަނަ ޖަނަރޭޓަރު ގަނެފައިވަނީ ތ.ގުރައިދޫއަށް ކަމަށް ވެސް ބުނެފައިވެއެވެ.

އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ޖަނަރޭޓަރެއް ވިއަކާފައިވަނީ 2،916،000 ރުފިޔާގެ ރޭޓުންނެވެ. ކަސްޓަމުން 4،81،748.95 ރުފިޔާ މާފުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެ ޖަނަރޭޓަރުތައް ފެނަކައަށް ވިއްކާފައިވަނީ ހުރަވީ އިންޓަނޭޝަނަލް އަށް ލިބިފައިވާ އަގަށްވުރެ 142 އިންސައްތަ ބޮޑު އަގެއްގައި ކަމަށް ވެސް މައްސަލާގައި ބުނެފައިވެއެވެ.

މި މައްސަލަ ބަލަމުން އަންނަ ކަމަށް ބައެއް މީޑިއާ ތަކަށް އޭސީސީއިން ކަށަވަރު ކޮއްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް