ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި މައްސަލާގެ އަޑުއެހުންތައް ސްޕްރީމް ކޯޓުން ނިންމާލައިފިއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ ކަމަށާއި ދެން އޮތީ ހުކުމް ކުރުން ކަމަށް މިއަދު އޮތް އަޑުއެހުމަށްފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މި މައަސަލައަކީ، އޭނާ ޕީޕީއެމުން ވަކިވާން ހުށަހަޅާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ 9 ގައި ކަމަށާއި 10 ގައި ވަކިވާން އިލެކްޝަނަށް ސިޓީ ލާފައިވުމާއެކު، އެތާރީހަކީ އޭނާ ޕީޕީއެމުން ވަކިވި ތާރީޙު ކަމަށް ކަނޑައަޅައި ކުރިން ނިންމާފައިވާ މައްސަލަތަކާއި އެއްގޮތަށް އޭނާގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ޕީޕީއެމުން ވަކި ވުމުން ގޮނޑި ގެއްލިއްޖެ ކަމަށް ނިންމާފައިވާ މައްސަލާގައި މިހާތަނަށް ހަތަރު މެމްބަރެއްގެ ގޮނޑިވަނީ ސަލާމަތްވެފައެވެ. މީގެ އިތުރުން ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިާރު ވަނީ ނިންމާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް