ޝައިހް އިމްރާންގެ މައްސަލަ އަލުން ބެލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިލްތިމާސް މައްސަލަ އަލުން ބެލުމަށް ސްޕްރީމްކޯޓަށް ހުށަހަޅައިފި އެވެ. ޝައިޙް އިމްރާންގެ މައްޗަށް ކޮށްފަ...

23 Oct 2018 | 06:50

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިލްތިމާސް މައްސަލަ އަލުން ބެލުމަށް ސްޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.

ޝައިޙް އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްފައިވާ މައްސަލަ އަލުން މުރާޖާ ކުރުމަށް ހުށަހަޅާފައިވާ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ޖޮއިންޓް ޕާޓީ ތަކުގެ ލީޑަރުން މިނިވަންވުމަކީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ މަސައްކަތަށް ނުހަނު ބޭނުންތެރިކަމެއް ކަމެއް ކަމަށް ވެސް އަލީ ޒާހިރު ބުނެފައިވެއެވެ.

ޝައިހް އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމަކީ، 2015 ވަނަ އަހަރު މޭޑޭގައި މާލޭގައި ބޭއްވި މުޒާހަރާގައި ޓެރަރިޒަމް އަށް ހިއްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ދައުލަތުން ކޮއްފައިވާ ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް