ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރޭގައި ހުޅުވާލައިފި އެވެ. އެ ޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް، ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވީ އެ ...

23 Oct 2018 | 06:31

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރޭގައި ހުޅުވާލައިފި އެވެ.

އެ ޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް، ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވީ އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށް އެ ފުރުސަތު ހުޅުވާލުމަށް ކަމަށާއި، އަލީ ވަހީދުގެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުން ކަމަށް ޖޭޕީ އިން ބުނެފައިވެއެވެ.

ނަމަވެސް، މަގާމަށް ހުޅުވާލާފައިވަނީ ކިހާ ދުވަހަކަށް ކަމެއް ބުނެފައެއް ނުވެއެވެ

މީގެ ކުރިން އެ މަގާމުގައި ހުންނެވީ ގާސިމް އިބްރާހިމް އެވެ. ނަމަވެސް ގާސިމް އަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ކްރިމިނަލް ކޯޓްގައި ސާބިތުވެ، 3 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް