"ފިޝް ވީކް" ގެ ނަމުގައި ޕްރޮމޯޝަނެއް ބާއްވަނީ

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ގޮތުން އެސްޓީއޯ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން "ފިޝް ވީކް" ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ. އެސްޓީއޯއިން ބުނީ އެސްޓ...

23 Oct 2014 | 10:00

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ގޮތުން އެސްޓީއޯ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން "ފިޝް ވީކް" ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯގެ ސުޕާމާޓުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި ފިޝް ވީކްގައި ކޮންމެ ދުވަހަކު ތިން ގަޑިއިރު މިފްކޯއާއި ހޮރައިޒަން އަދި އެންސިސް އިން، އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ ރަހަ ދައްކާލުން ކުރިޔަށް ދާނެކަމަށެވެ. އަދި އެ ކުންފުނިތަކުގެ އުފެއްދުންތަކާއި ބެހޭ މައުލޫމާތު ދިނުމަށް ސެޝަންތަކެއް ބޭއްވުމުގެ އިތުރުން މަހުގެ ބާވަތްތައް ކަމަށްވާ ފިނިކުރި، ހަރު އަދި ޗިލްޑް އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީއާއި އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ މަގްސަދަކީ ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ ތިން ކުންފުނި ކަމަށްވާ މިފްކޯއާއި އެންސިސްއާއި ހޮރައިޒަން ކުންފުނީގެ އުފެއްދުންތައް އެއް ތަނަކުން ފެންނާނެ ގޮތް ހަމަޖައްސައި ދިނުން ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ން 30 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް