މުއްދަތު ހަމަވެފައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ބަނގުރާ މުއްދަތު ހަމަވުމުން ނައްތައިލައިފިއެވެ. ކަސްޓަމްސް އިން ވިދާޅުވީ، ކަސްޓަމްސްގެ ބޮންޑެޑްވެއަރ ހައުސްގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ މުއްދަތު...

23 Sep 2019 | 05:58

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ބަނގުރާ މުއްދަތު ހަމަވުމުން ނައްތައިލައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، ކަސްޓަމްސްގެ ބޮންޑެޑްވެއަރ ހައުސްގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ މުއްދަތު ހަމަވެފައިހުރުމުގެ ސަބަބުން ނައްތާލައިފި ކަމުގައެވެ.

މިތަކެތި މިމަހުގެ 19 ވަނަ ދުވަހު ކ.ތިލަފުށީގައި ނައްތާލައިފައި ވަނީ ކަސްޓަމްސްގެ އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

މިތަކެތީގެ ތެރޭގައި 4242 ބަނގުރާ ފުޅިއާއި، 7784 މަސްތުވާތަކެތި ހުރި ޕެކެޓުގެ އިތުރުން ފަސް ކިލޯ މަސްތުވާތަކެތި ނައްތާލައިފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް