އަލިފާނުގެ ހަދިސާގައި އަރިއަޅާލި އިމާރާތް ތަޅާލަނީ

މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އަރިއަޅާލައިފައިވާ އިމަރާތް މިއަދު ތަޅާލާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑިއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަރިއަޅާލި ...

23 Sep 2019 | 04:23

މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އަރިއަޅާލައިފައިވާ އިމަރާތް މިއަދު ތަޅާލާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑިއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަރިއަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު 9:00 ގައި ސިފައިންގެ އެހީތެރިކަމާއި އެކީ ފަށާނެ ކަމުގައެވެ.

ހަތަރު ބުރިއަށް ނަގާފައިވާ މި އިމާރާތަކީ ހޮޅިން ހަދާފައިވާ އިމާރާތެއް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މި އިމާރާތް ހަދާފައި ވަނީ ޓިނުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. މިހާދިސާގައި ގާތްގަނޑަކަށް 562 މީހުން ހާލުގައި ޖެހުނުއިރު، ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފައިވާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

ފުލުހުންނާއި ސިފައިން ވިދާޅުވިގޮތުގައި، މިހާދިސާ ހިނގަން މެދުވެރީ ކެމިކަލް ރައްކާކޮށްފައިވާ ގުދަނެއްގައި ރޯވެގެން ކަމުގައެވެ. ނަމަވެސް ކެމިކަލް ރައްކާކޮށްފައިވާ ގުދަނުގެ ވެރިފަރާތުން ބުނެފައި ވަނީ، އެތަނުގައި ކަރަންޓު ވެސް ނުހުންނެ ކަމަށާއި އަލިފާން ހިފާނެ އެއްވެސް ގޮތެއް އެތަނުގައި ނުހުންނާނެ ކަމަށެވެ.

މިހާދިސާގައި ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 46، ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް