އެމެރިކާ ސިފައިންނާ ގުޅިގެން ދިވެހި ސިފައިން ހިންގި ތަމްރީނުތައް ނިންމާލައިފި

ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި "އެކްސަރސައިޒް ބެލެންސް މެޓަލް  19-01" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އެކްސަސައިޒް ނިންމުމުގެ ގޮތުން މިމަހުގެ 22 ވަނަ ދުވަހު އެމްއެންޑީއެފް...

23 Aug 2019 | 10:58

ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި "އެކްސަރސައިޒް ބެލެންސް މެޓަލް  19-01" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން މިމަހުގެ 22 ވަނަ ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓަރޒް ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

މި އެކްސަސައިޒްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލްފޯސަސްގެ ސިފައިންނާއި އެމްއެންޑީއެފްގެ ސްޕެޝަލްފޯސަސްގެ ސިފައިންނެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި އޯގަސްޓު މަހުގެ 01 އިން 22 އަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒްގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯރސަސް، މެރިންކޯރ އަދި ކޯސްޓްގާޑްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް އަޙްމަދު ޝާމިންއާއި އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރުންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވި ދެ ޤައުމުގެ ސިފައިން ވެސް ބައިވެރިވެފައި ވެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް