އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.
އުރީދޫއިން ބުނީ އުންމީދަކީ އެ މަގާމަށް ވީހާވެސް ގިނަ އަންހެނުން ކުރިމަތިލާނެ ކަމަށް ކަމަށެވެ. ހިއްސާ ވިކިފައިވާ އަދަދަށް ބަލައި އެ ކުންފުނީގެ ބޯޑުގައި ހިމަނަން ޖެހެނީ އެންމެ ޑިރެކްޓަރެކެވެ.
އުރީދޫއިން ވަނީ ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
މަދުވެގެން އުރީދޫގެ 50 ހިއްސާ ގަނެފައިވާ ކުންފުންޏެއް ތަމްސީލް ކުރާ ނުވަތަ އަމިއްލަ ފަރާތަކަށް ވުން
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ ޝަރުތުތަކާއި މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި ކަނޑައާޅާފައިވާ ޝަރުތުތައް ފުރިހަމަވުން
ބައިނަލް އަގުވާމީ ފެންވަރުގަ ގަބޫލު ކުރާ ޔުނިވާސިޓީއެއްގެ ޑިގްރީއެއް އޮތުން
ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓާގައި މަތީ މަގާމެއް އަދާކޮށްފައިވުމާއި އެކު މަދުވެގެން 10 އަހަރުގެ ތަޖުރިބާ
ރާއްޖޭގައި މިހާރު ހިންގާ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި މަދުވެގެން އެއް އަހަރު މަސައްކަތް ކޮށްފައިވުން،
· މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުގައި ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނީގަ ވަޒީފާ އަދާ ނުކުރުމެވެ.
އުރީދޫއިން ބުނީ މަގާމަށް ހޮވޭ މީހަކު އިއުލާނު ކުރާނީ ޝޯޓްލިސްޓު ކުރުމަށް ފަހު އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓުން ކަމަށެވެ. އެ މަގާމަށް ހޮވޭ މީހެއްގެ މަގާމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް