ގައުމީ އިނާމަށާއި ހާއްސަ އިނާމަށް 120 ފަރާތަކުން ކުރިމަތި ލައިފި

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، ގައުމީ އިނާމަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ޖުމްލަ 120 ބޭފުޅަކު ކުރިމަތިލައިފިއެވެ. މިއަހަރުގެ ގަ...

23 Aug 2017 | 07:58

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، ގައުމީ އިނާމަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ޖުމްލަ 120 ބޭފުޅަކު ކުރިމަތިލައިފިއެވެ.

މިއަހަރުގެ ގައުމީ އިނަމާށާއި ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވީ އިއްޔެ އެވެ. ރައީސް އޮފީހުން ބުނީ މުއްދަތު ހަމަވި އިރު ގައުމީ އިނާމަށް 66 ފޯމެއް އަދި ހާއްސަ އިނާމަށް 54 ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ފޯމްތައް ބެލުމުގެ މަސައްކަތް ގައުމީ އިނާމާބެހޭ ކޮމެޓީންނާއި ހާއްސަ އިނާމާބެހޭ ކޮމިޓީން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި، ދިވެހި މުޖްތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާސަތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރީގެ އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.

އަދި ހާއްސަ އިނާމަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި އިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފް ހާސިލްކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.

މިއަހަރުވެސް ގައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް