ލަންކާ ސަފީރު ކަމަށް މުންދު އައްޔަން ކުރުމަށް އެންމެ 28 ވޯޓުން ފާސްކޮށްފި

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ. އިދިކޮޅު މެންބަރުން ވޯޓުގައި ބައިވެރިވެވަޑައި ނުގަތ...

23 Aug 2017 | 07:40

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އިދިކޮޅު މެންބަރުން ވޯޓުގައި ބައިވެރިވެވަޑައި ނުގަތް މަޖިލީސް ތެރޭ އަޑުގަދަ ކުރަމުން ދަނިކޮށް ނެގި އެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން ވަނީ މުންދު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. އެއީ ސަރުކާރަށް ތާއީދު ކުރާ އެންމެ 28 މެންބަރުންނެވެ.

ރިޔާސަތުގެ ވަށައިގެން ސިފައިން ބައިތިއްބައިގެން ވޯޓު ނެގި އިރު އިދިކޮޅު މެންބަރުން މަޖިލީސް ތެރޭ އަޑުގަދަކޮށް ކޮޅައްތެދުވެ އުޅުމުން ޖަލްސާގެ ނިޒާމު އޮތީ ގެއްލިފަ އެވެ. އެކަމަކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ އެ ވަގުތު ޖަލްސާގައި 53 މެންބަރުން އެބަ ތިބި ކަމަށާއި ވޯޓު ފާސްވުމަށް ބޭނުންވަނީ 15 މެންބަރުންގެ ތާއީދު ކަމަށެވެ.

މަޖިލީހުގައި ނަގަންޖެހޭ ވޯޓުތައް ނަގައި، މަޖިލިސް ފެށިތާ 30 މިނެޓް ތެރޭގައި ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.

ރިޔާސަތުން އިއުލާން ކުރެއްވި ގޮތުގައި މާދަމާ ހެނދުނު 9:00ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް