އެމެރިކާގެ އެންމެ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" އަކީ މުޅި ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބަލާ އެއް ސީރީޒް އެވެ.
އެ ސީރީޒްގެ އެޕިސޯޑުތައް ދައްކާ ދުވަހަށް ސީރީޒް ބަލާ މީހުން ތިބެނީ ކެތްމަދުވެފަ އެވެ. މިފަހަރު ތަފާތު ކަމެކެވެ. ކެޓްރީނާ ކެއިފް ބޭނުން ވަނީ އެ ސީރީޒް ކުޅޭށެވެ.
ސީދާ އެހެން ނުބުނިނަމަވެސް ކެޓްރީނާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި އާދޭހާއި އެކު ބުނެފައިވަނީ އޭނާއަށް "ގޭމް އޮފް ތްރޯންސް" ގައި ބައިވެރިވެވިދާ ހެއްޔެވެ. ބެލެވޭ ގޮތުގައި ކެޓްރީނާވެސް ބޭނުންވަނީ ޕްރިޔަންކާ ޗޯޕްރާހެން އިނގިރޭސި ސީރީޒްއެއް ކުޅޭށެވެ.
"ގޭމް އޮފް ތްރޯންސް" ގައި މިހާރު ދައްކަމުން ދަނީ ސީޒަން ހަތެއްގެ އެޕިސޯޑުތަކެވެ.
މިފަހަރުގެ ސީޒަން ގައި މަޝްޙޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ވަނީ ބައިވެރިވެފަ އެވެ. އޭނާ މި ސީރީޒްގައި ފެނިގެންދަނީ ލެނިސްޓާރ ލަޝްކަރުގެ ހަނގުރާމަވެރިއެއްގެ ގޮތުގަ އެވެ.
އެހެންވީމަ އަދި މަސައްކަތް ކޮށްލަނިކޮށް ކެޓްރީނާއަށްވެސް ފުރުސަތެއް ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް