ހައްޖަށް ގެންދާނެ ކަމަށް ބުނެ އިންޑިއާގަ ބަޔަކަށް ވަރުގަދަ ލަނޑެއް ދީފި

އިންޑިއާގެ ބެންގަލޫރުގައި ބަޔަކު ހައްޖަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން 1.5 ކްރޯޑު ރުޕީސް ނެގުމަށް ފަހު ފިލި މީހަކު ހޯދަން ފަށައިފި އެވެ. ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސ...

23 Aug 2017 | 02:00

އިންޑިއާގެ ބެންގަލޫރުގައި ބަޔަކު ހައްޖަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން 1.5 ކްރޯޑު ރުޕީސް ނެގުމަށް ފަހު ފިލި މީހަކު ހޯދަން ފަށައިފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސްމަތު ގާދްރީ ނަމަކަށް ކިޔާ އެ މީހާ،  58 މީހެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގާފައިވެ އެވެ. އެމީހާ އަކީ އިންޑިއާގެ މުމްބާއީގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ހައްޖަށް މީހުން ގެންދާ އެޖެންސީއެއް އެއްގެ ސަޕް އެޖެންޓެކެވެ. އޭނާ މިދިޔަ ފަސް އަހަރު ވަރަށް ވަފާތެރި ކަމާއި އެކު އެ އެޖެންސީ އާއި ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށްވެ އެވެ.

މިއަހަރު އެމީހުން އަތުން ފައިސާ ނެގުމަށް ފަހު ފިލީ ހައްޖަށްދާން ފުރަން އެއް ދުވަހަށް ވެފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު އެވެ. އެކަމާ ގުޅިގެން އެ 58 މީހުން ވަނީ ބެންގަލޫރުގެ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ހުށަހަޅާފައި އެވެ. ފުލުހުންނަށް ހަސްމަތު ނުފެނުމުން ހައްޔަރުކޮށްފައިވަނީ އޭނާގެ ބައްޕަ އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅި މީހުން ބުނީ 2.8 ކާއި ތިން ލައްކަ އާއި ދެމެދުގެ އަދަދަކަށް ކޮންމެ މީހެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށެވެ. އަދި ޖީއެސްޓީގެ ނަމުގަ ފަހުން 30،000 ރުޕީސް ނަގާފައިވާ ކަމަށެވެ.

އޭނާ ވަނީ މައްކާގައި ހުރުމުގެ އިންތިޒާމާއި ވިސާގެ ކަންކަން ހަމަޖެއްސުމަށް ކަމަށް ބުނެ ޕާސްޕޯޓާއި އައިޑީކާޑުގެ އިތުރުން އިންޑިއާގައި  ސަރުކާރުން ވިއްކާ ތަކެތި އަގުހެޔޮކޮށް ގަތުމަށް ބޭނުން ކުރާ ކާޑުވެސް އަތުލާފަ އެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް