ގަޑިއެއް ހާއިރު ފަހުން މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި

މާލޭގައި ކަރަންޓޫ ދިޔަ ސަރަހައްދުތަކަށް އަލުން ކަރަންޓޫ ދޭން ފަށައިފި އެވެ. ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކުގެ ތެރޭގައި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި، ހެންވޭރާއި، މާފަންނުގެ ބައެއް ސަރަހ...

22 Aug 2017 | 19:30

މާލޭގައި ކަރަންޓޫ ދިޔަ ސަރަހައްދުތަކަށް އަލުން ކަރަންޓޫ ދޭން ފަށައިފި އެވެ.

ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކުގެ ތެރޭގައި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި، ހެންވޭރާއި، މާފަންނުގެ ބައެއް ސަރަހައްދުތައް ހިމެނެ އެވެ. ކަރަންޓުނީ މިރޭ ގާތްގަނޑަކަށް 11:15 ހާއިރު އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވީ، ސަބްސްޓޭޝަނަކުން ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ބޮޑު ދެ ޖެނެރޭޓަރެއް ނިވުވުން ކަމަށެވެ. އޭނާ ވިދާޅުވީ، އަދިވެސް ކުޑަ ސަރަހައްދަކަށް ކަރަންޓު ނުދެވޭ ކަމަށާއި، އެ ސަރަހައްދު ތަކަށް ކަރަންޓު ދިނުމަށް ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

މިހާރަކަށް އައިސް މާލެއިން ކަރަންޓު ކެނޑުމަކީ އާންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް