ބޭސް ހުންނަތަން ބަލައިލެވޭ ބޭސް ޕޯޓަލް ސެޕްޓެމްބަރުގައި ލޯންޗުކުރާނަން: ބޭސް ކުންފުނި

ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި، އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ޚާއްޞަ ޕޯޓަލެއް އަންނަ ސެޕްޓެމްބަރުގައި ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސް...

23 Jul 2026 | 17:06
N/A

N/A

ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި، އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ޚާއްޞަ ޕޯޓަލެއް އަންނަ ސެޕްޓެމްބަރުގައި ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓޭޓް ފާމާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ޕޯޓަލް ފަރުމާކޮށްފައިވަނީ ކޮންމެ ތާކު ހުރެގެން ވެސް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީ އާއި އެ ބޭހުގެ އަގު ބަލައިލެވޭ ގޮތަށް ކަމަށެވެ.

އެ ކުންފުނިން ބުނީ، ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމަށާއި، މި ޕޯޓަލް އަކީ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެ ކަންކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް