އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ހަ ކޯހެއް ތަޢާރަފުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މި ކޯސްތަކަކީ ދިވެހިރާއްޖޭގެ ސަގާފަތާއި، އިޖުތިމާޢީ، ޤާނޫނީ، ޓެކްނޮލޮޖީ...

23 Jul 2026 | 01:57
N/A

N/A

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ކޯސްތަކަކީ ދިވެހިރާއްޖޭގެ ސަގާފަތާއި، އިޖުތިމާޢީ، ޤާނޫނީ، ޓެކްނޮލޮޖީ އަދި މެނޭޖްމަންޓް ދާއިރާއިން ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ތަޢާރަފުކުރި ކޯސްތަކެކެވެ. އަލަށް ތަޢާރަފުކުރި ކޯސްތަކުގެ ތެރޭގައި ޑޮކްޓަރ އޮފް ފިލޯސަފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ، ޑޮކްޓަރ އޮފް ފިލޯސަފީ އިން ސޯޝަލް ސައިންސް، ޑޮކްޓަރ އޮފް ފިލޯސަފީ އިން ލޯ، މާސްޓަރ އޮފް ރިސާޗް އިން އިންޖިނިއަރިންގ ސައިންސް، މާސްޓަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް އަދި މާސްޓަރ އޮފް އާޓްސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް ހިމެނެއެވެ.

މި ކޯސްތަކާއެކު އެމްއެންޔޫއިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ އަދަދު 18 އިން 21 އަށް އިތުރުވެފައިވެއެވެ. ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، "މި ކޯސްތައް ރާއްޖޭގައި ތިބެގެން ފުރިހަމަކުރުމުގެ ފުރުސަތު ލިބުމަކީ، ކިޔެވުމަށްޓަކައި ޤައުމުން ބޭރަށް ދާންނުޖެހި ދިވެހި ދަރިވަރުންނަށް ހުޅުވިގެންދިޔަ ވަރަށް ބޮޑު ދޮރެއް" ކަމަށެވެ. މިއީ ޔުނިވަރސިޓީގެ ތާރީޚުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް