ހުޅުމާލޭ ބީޗުގައި އެކި ބޭނުމަށް ހަދާފައި ހުރި ތަންތަން މިމަހުގެ ނިޔަލަށް ހުސްނުކޮށްފި ނަމަ، އެތަންތަން އެޗްޑީސީން ނަގާނެ ކަމަށް ބުނެފިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފޭސްއާއި ދެވަނަ ފޭސްގެ ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިޔުއެސްސީން ވަނީ ނިންމައިފައެވެ. އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ކެފޭ ހިންގުމަށް ގޮނޑި އާއި މޭޒު ޖަހާފައި ވާތީ، މަސައްކަތް ކުރުމަށް އެ ސަރަހައްދު ހުސްކުރުމަށް އެޗްޑީސީ އިން ވަނީ އަންގާފައެވެ. އެތަންތަން މިމަހުގެ ނިޔަލަށް ހުސްނުކޮށްފި ނަމަ، އެޗްޑީސީން ގޮސް ނަގާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
އެ ސަރަހައްދު ހުސްކުރުމަށް އެތައް ފަހަރަކު އެޗްޑީސީން ވަނީ އަންގާފައެވެ. އެންމެ ފަހުން އެ ސަރަހައްދު ހުސްކުރުމަށް އަންގާފައި ވަނީ މިމަހުގެ ތެރޭގައެވެ. ނަމަވެސް އަދިވެސް ބައެއް މީހުން އެ ސަރަހައްދުގައި ދަނީ ވިޔަފާރި ކުރަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ 15 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް