ލާމު ގަމުން ގޯތި ދޫކުރުމަށް މީގެ ދެ ދުވަސް ކުރިން އެ ރަށު ކައުންސިލް އިދާރާއިން ކުރި އިއުލާނު މިއަދު ބާތިލުކޮށްފިއެވެ.
އެ ކައުންސިލުގެ އިއުލާނު ބާތިލުކޮށްފައިވަނީ ގަވާއިދު ނަންބަރު 2018/R-51 "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ފުރަތަމަ ގެނެވުނު އިސްލާހު" އާއި ފުށުއެރުންތަކެއް ހުރުމުން ކަމަށް އެ ކައުންސިލުންބުނެފައިވެއެވެ.
އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ ގޯއްޗަށް އަލުން އިއުލާނު ކުރާނެ ކަމަށެވެ. ކުރިން އިއުލާނު ކުރީ ދެހާސް އަކަފޫޓުގެ ހަތަރު ސަތޭކަ ގޯއްޗަށް ކުރިމަތި ލުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް