އެމްއައިބީ ކާޑުގެ ޑޮލަރު ލިމިޓަށް ހަރުކަށި ބަދަލުތަކެއް ގެނެސްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ލިބޭ 250 ޑޮލަރުގެ ލިމިޓް ޒަރޫރީ ނޫން ބޭނުންތަކަށް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ބައެއް ވިޔަފާރި ސައިޓުތަކުން އެ ލިމިޓް ބޭނުންނުކުރެވޭ...

23 Jun 2026 | 17:12
N/A

N/A

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ލިބޭ 250 ޑޮލަރުގެ ލިމިޓް ޒަރޫރީ ނޫން ބޭނުންތަކަށް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ބައެއް ވިޔަފާރި ސައިޓުތަކުން އެ ލިމިޓް ބޭނުންނުކުރެވޭ ގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުންދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެނިހެން ބޭނުންތަކަށް ހޭދަކުރަމުން ދިޔުމާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް އިސްކަންދީ މި ބަދަލު ގެނައީ ކަމަށް ބޭންކުން ބުންޏެވެ.

މި ބަދަލާ އެކު އީކޮމާސް ސައިޓުތަކުން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަނެވެ. ނަމަވެސް ސަބްސްކްރިޕްޝަން ސައިޓުތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި ސިއްޙީ ޚިދުމަތް ހޯދުމާއި ޗުއްޓީ ހޭދަކުރުމަށް ހިނގާ ޚަރަދުތައް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

މި ބަދަލު ގެނައީ ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިމިޓް ބޭނުންކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުންޏެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް