މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި ހިސާބުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:15 އިން ހަވީރު 4:00 އަށެވެ.
މި ހިސާބުތަކަށް ގުގުރާ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ހިސާބުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު މިއަދު ވަނީ ހުވަދޫ އަތޮޅަށާއި އައްޑޫ ސިޓީއަށްވެސް ވައިޓް އެލާޓް ނެރެފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށްވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް