އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ގޮވާމުން ޒަކާތް ދައްކަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު 21 ރަމަޟާން 1440 (26 މެއި 2019) އިން ފެށިގެން 29 ރަމަޟާން 1440 (03 ޖޫން 2019) ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
"ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ (ޢަރަބިއްޔާ ސްކޫލް) ހޯލުގައި ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:
- އާދައިގެ ހަނޑޫ - ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ - ރަތް ހަނޑޫ
- ގޮދަން ފުށް - އާޓާ ފުށް
އެ އިއުލާނުގައިވާގޮތުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް (ހުކުރު ދުވަސް ފިޔަވައި):
ހެނދުނު: 9:30 އިން 12:00 އަށް
މެންދުރުފަހު: 13:00 އިން 14:30 އަށް
ރޭގަނޑު: 20:30 އިން 22:30 އަށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް