ޔާމިން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ބޭއްވި ހިނގާލުމުގައި ރައީސް

ބްލޮގާ ޔާމިން ރަޝީދުގެ މަރަށް މިއަދަށް ދެ އަހަރު ވެފައިވާއިރު، އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯހިލު ބައިވެރިވެވަޑައިގަނެފިއެވެ. ރައީސް ...

23 Apr 2019 | 12:55

ބްލޮގާ ޔާމިން ރަޝީދުގެ މަރަށް މިއަދަށް ދެ އަހަރު ވެފައިވާއިރު، އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯހިލު ބައިވެރިވެވަޑައިގަނެފިއެވެ.

ރައީސް މި ހިނގާލުމުގައި ބައިވެރިވިއިރު، މިއަދު ރައީސް ވަނީ "ދުލެއް ނުކުރާނަން" ހޭޝްޓެގް ލިޔުއްވާ ޓްވީޓެއްވެސް ކުރައްވާފައެވެ.

އެ ހޭޝްޓެގަކީ ޔާމިން ރަޝީދު އަމިއްލައަށް ބޭނުންކުރި ހޭޝްޓެގެކެވެ.  މީގެ އިތުރުން މި ހޭޝްޓެގަކީ ޔާމީން އަށް އިންސާފު ހޯދުމަށް ކުރާ ކެމްޕެއިންގެ ޝިއާރުވެސްމެއެވެ.

https://twitter.com/ibusolih/status/1120605501669031939

ބްލޮގަރ ޔާމީން ރަޝީދު، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އިތުރުން އިތުރުން އެފަދަ ލާއިންސާނީ ގޮތްތަކަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

މި ހިނގާލުން މިހާރު ކުރިއަށް ދާއިރު، މި ހިނގާލުމުގެ އެންމެ ކުރީގައި ރައީސާއެކު ހުރީ ރިޟްވާން އަދި ޔާމީންގެ މަންމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް