ލޮރީއަކާއި ބަހެއްގައި ގިނަ އަދަދެއްގެ ގޮވާތަކެތި އުފުލާކަމަށްބުނެ ކޮލޮމްބޯގެ ހުރިހާ ޕޮލިސް ސްޓޭޝަނަކާއި ފުލުހުން އެލާޓަށް އައިސްފައިވާކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ލަންކާގެ ހިރު ނޫހުގައި މިކަން ރިޕޯޓްކޮށްފައިވީނަމަވެސް މިކަމުގެ މާ ގިނަ ތަފްސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން އެލާޓަށް އައިސްފައިވާއިރު އާދީއްތަ ދުވަހުން ފެށިގެން ލަންކާ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އާދީއްތަ ދުވަހު އަށް ތަނެއްގައި ބޮން ގޮއްވާލާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް ގޮސްފައެވެ. އިއްޔެވެސް ގޮވުމެއް ގޮވާފައިވާއިރު ފުލުހުން އަންނަނީ މިކަމާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް