ޔާމީންގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ހައި ކޯޓުން ތާވަލު ކޮށްފި އެވެ. ރައީސް ޔާމީން ފަސް އަހަރަށް ލާފައިވަނީ މަނީ...

23 Feb 2020 | 14:49

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ހައި ކޯޓުން ތާވަލު ކޮށްފި އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ލާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްވެސް ކުރި އެވެ.

އިސްތިއުނާފު އަޑުއެހުމެއް ތާވަލް ކުރި އިރު އެމަނިކުފާނު އޮންނެވީ ޓެސްޓުތަކެއް ހެދުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އެވެ. ދޫކޮށްލާނެ ކަން އަންގާފައިވާ ދުވަހެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ.

އިސްތިއުނާފު އަޑުއެހުން ތާވަލް ކޮށްފައި އޮތީ މާދަމާ މެންދުރު ފަހު1:00 އަށެވެ. ހޮސްޕިޓަލްގައި އޮންނެވުމުން އަޑު އެހުން ކެންސަލް ކުރުމާއި މެދު ގޮތެއް ނިންމި ކަމެއް އަދި ނޭނގެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް