ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުންފުނީގެ ސްޓްރެޓަޖީ ތައްޔާރުކޮށް، ތަންފީޒު ކުރުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް އިން މިއަދު ކުރި އިއުލާނުގައި ބުނީ އައިއޭއެސްގެ ސްޓްރެޓަޖީ ތައްޔާރުކޮށް ތަންފީޒުކުރުމަށްޓަކައި ކޮންސަލްޓަންޓް ނުވަތަ ކޮންސަލްޓަންސީ ފާމެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހު ޕްރީ ބިޑް މީޓިން އެއް އޮންނާނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މާޗު ތިނެއްގެ މެންދުރު 1:30 ގެ ކުރިންކަމަށް އިއުލާނުގައިވެއެވެ.
އެ ކުންފުނި ހަރުދަނާކުރަން ޕްލޭނެއް އެކުލަވާލަން ބަޔަކު ހޯދަނީ ކުންފުނި ވަރަށް ބޮޑަށް އަޑިއަޅާލާފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް