މަރުތައް ބަލާ ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރައްވައިފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މި ކޮމިޝަނަ...

23 Jan 2019 | 14:43

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

މި ކޮމިޝަނަށް ޢައްޔަނުކުރެއްވީ މއ. ގޯލްޑަންމޫން އަލްފާޟިލް އަޙްމަދު ނާޝިދެވެ. އަޙްމަދު ނާޝިދަކީ ގިނަ އަހަރުތަކެއްވަންދެން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި ފުލުހުންގެ އިދާރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާރާލެވޭ މީހުންގެ މައްސަލަތައް ތަހުގީގުކުރާ އިސްވެރިޔާގެ ދައުރުވެސް އަޙްމަދު ނާޝިދު ވަނީ އަދާކުރައްވާފައެވެ.

އަޙްމަދު ނާޝިދު ވަނީ ކުށް ތަހުގީގުރުމުގެ ދާއިރާއިން ތާފާތު އެކި ތަމްރީނުތަށް ވެސް ހާސިލުކުރައްވާފައެވެ. މީގެ ތެރޭގައި އިންޑިޔާގެ ހައިދަރއާބާދުގައި ހުންނަ ސެންޓްރަލް ޑިޓެކްޓިވް ސްކޫލުން ސްއެޑްވާންސްޑް ސައިންޓިފިކް މެތަޑްސް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޯހާއި، ފްރާންސްގެ ލައިއޮންސްއިން އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ އޮފިސަރސް ޓްރެއިނިންގާއި، ސިންގަޕޫރާއި ޖަޕާނުން ކޮބަން ސިސްޓަމް އޮފް ޖަޕާން އެންޑް ނެއިބަރހުޑް ޕޮލިސް ޕޯސްޓް ސިސްޓަމާ ބޭހޭ ތަމްރީނުތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް