ޔޭ ރިޝްތާ ކްޔާ ކެހެލާތާގައި އަކްޝަރާ ސިންގާނިޔާގެ ރޯލުން ފެނިގެން ދިޔަ އަދި މިހާރުވެސް ސްޓަރ ޕަލަސް އިން ދައްކަމުން އަންނަ ކަސައުޓީ ޒިންދަގީކޭގައި ކޮމަލިކާ ޗޯބޭގެ ރޯލުން ފެނިގެންދާ، ދިވެހިންގެ މެދުގައި މަގުބޫލު ޑްރާމާ ތަރި ހީނާ ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ހީނާ ޚާން ރާއްޖެ އައީ ކޮން ދުވަހަކު ކަމެއް އަދި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިމިވަނީ އޭނާގެ ލޯބިވެރިޔާ ރޮކޯ ޖެއިސްވާލާއެކުގައެވެ.
https://www.instagram.com/p/B6XNQKZJKwI/
ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް ހީނާގެ އިންސްޓަގްރާމް އެކައުންޓަށް ދޫކުރަމުން އަންނައިރު އެ ފޮޓޯތަކަށް އޭނާގެ ފޮލޯވަރުންގެ ފަރާތުން އަންނަނީ ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ.
ހީނާ ޚާން އަކީ ޓެލެވިޒަން ޑްރާމާ ކުޅުމުގައި ވަރަށް މަގުބޫލު ތަރިއެކެވެ. މީގެ އިތުރުން 2017 އަދި 2018ގައި ރިއާލިޓީ ދެ ޝޯއެއް ކަމުގައިވާ ފިއަރ ފެކްޓަރ: ޚަތްރޯންކީ ކިލާޅީ އަދި ބިގްބޮސް 11ގައި ބައިވެރިވެ ފަސްޓް ރަނަރއަޕް ކަން ހޯދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް