ގދ ތިނަދޫގައި ފެނުގެ ހިދުމަތް ދޭން ބޭނުންކުރާ 150 ޓަނުގެ ފެން ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ފެން ލިބުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް އާ ފެންޕްލާންޓެއް ބަހައްޓަން ނިންމައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ތިނަދޫއަށް ފެނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ 150 ޓަނުގެ ފެން ޕްލާންޓަށް ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ރަށުގެ އެކި ހިސާބުތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްކެއް ގެނައުމަށް ތިނަދޫގައި 300 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފްތާ ފަށާނެ ކަމަށް ފެނަކަ އިން ނެރުނު ބަޔާނުގައި ވެއެވެ.
ފެނުގެ ހިދުމަތް މެދުކެނޑުމުން ދިމާވާ ދަތިތަކަށް ފެނަކަ އިން ވަނީ ތިނަދޫ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް