ރައީސް ޞާލިހު ވެރިކަމަށް ހޮވިވަޑައިގަތީ ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮވެގެންނެއް ނޫން: އަމީން

ރައީސް ޞާލިހު ވެރިކަމަށް ހޮވިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮވެގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ. އަމީން ...

22 Dec 2018 | 13:35

ރައީސް ޞާލިހު ވެރިކަމަށް ހޮވިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮވެގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ އެންމެ ބޮޑު ވައުދަކީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކުރުން ކަމަށެވެ.

"ވީމާ ވައުދު ފުއްދާކާށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުމެއް ނުވޭ. ބޭނުންވަނީ އިހުލާސްތެރިކަން،" އަމީންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަމީން މިފަދައިން ޓްވީޓެއް ކުރައްވާފައިވާއިރު ރޭ ހއ. އިހަވަންދޫގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުތައް ފުއްދޭނީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް މުޅި ރާއްޖެ ގޮވަމުންދާ ކަމަށްވެސް ނަޝީދު ރޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް