ގައުމު ހަލަބޮލިކުރަން ނޫޅެ ތައުބާވުން މާ ރަނގަޅު: ޝައިޚް އިލްޔާސް

ގައުމު ހަލަބޮލިކުރަން ނޫޅެ، ﷲއަށް ބިރުވެތިވެ ތައުބާވުން މާ ރަނގަޅު ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ. ބެލެވޭގޮތުގައި އިލްޔާސްގެ މި ބަސްފުޅަކީ ޕީޕިއެމްއަށް ރ...

22 Dec 2018 | 12:57

ގައުމު ހަލަބޮލިކުރަން ނޫޅެ، ﷲއަށް ބިރުވެތިވެ ތައުބާވުން މާ ރަނގަޅު ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ބެލެވޭގޮތުގައި އިލްޔާސްގެ މި ބަސްފުޅަކީ ޕީޕިއެމްއަށް ރައްދުކޮށްފައި އޮތް ބަސްފުޅެކެވެ.

އިލްޔާސް ވިދާޅުވެފައިވަނީ ނިމިގެންދިޔަ ވެރިކަމުގައި ދައުލަތުގެ ޚަޒާނާއަށް ޚިޔާނާޔްތެރިވި ބަޔަކަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނީމާވެސް އެކަން ގަބޫލުނުކޮށް އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް ﷲއަށް ބިރުވެތިވެ ތައުބާވުން މާ ރަނގަޅު ކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ކޮންމެ ރެއަކު މުޒާހަރާ ކުރުމަށް ޕީޕީއެމްއިން މިހާރު ވަނީ ނިންމާފައެވެ. ޕީޕީއެމް އިން މުޒާހަރާ ކުރަމުން އަންނަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް