ނާސްތާ ޕްރޮގްރާމަށް އާންމުންގެ ހިޔާލު ހޯދަނީ

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ސްކޫލު ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަށްް އާންމުންގެ ހިޔާލު ހޯދަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފިއެވެ. އެ މިނިސްޓްރީ އިން ނިންމާފައިވަނީ...

22 Dec 2018 | 12:46

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ސްކޫލު ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަށްް އާންމުންގެ ހިޔާލު ހޯދަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީ އިން ނިންމާފައިވަނީ މި ޕްރޮގްރާމަށް އާންމުންގެ ހިޔާލު ހޯދުމަށް އާދީއްތަ ދުވަހުގެރޭ ހާއްސަ ފޯރަމެއް ބާއްވާށެވެ. އާދިއްތަ ދުވަހުގެރޭ 8:30 ގައި އަމީނިއްޔާ ސްކޫލުގައި ބާއްވާ މި ފޯރަމުގައި ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދިނުމާއި އާންމުންގެ ހިޔާލު ހޯދުން އޮންނާނެއެވެ.

މީގެ އިތުރުން ޕްރޮގްރާމަށް ޚިޔާލު ފޮނުއްވުމަށް 7993262 އަށް މެސެޖުވެސް ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.

ނާސްތާ ޕްރޮގްރާމު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ފަށާއިރު 25 ސްކޫލެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދާނެއެވެ. ސްކޫލުތަނުން މިހާރު ވަނީ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާނު ކޮށްފައެވެ.

އަންނަ ދިރާސީ އަހަރާއެކު 25 ސްކޫލުން ފެށިކަމުގައި ވިޔަސް ޕްރޮޖެކްޓް ނިމިގެންދާއިރު ރާއްޖޭގެ 212 ސްކޫލުގައި ނާސްތާ ދޭން ފަށާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް