ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު 25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސްކޫލުތަކުން އިއުލާނ...

22 Dec 2018 | 10:14

އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު 25 ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސްކޫލުތަކުން އިއުލާނު ކުރަން ފަށައިފި އެވެ.

އެގޮތުން ނާސްތާ ދޭން ނިންމި 25 ސްކޫލުންވެސް އެކަމަށް އިއުލާނު ކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ދަރިވަރުންގެ އާބާދީއަށް ބެލުމަށްފަހު މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ނާސްތާ ދޭން ފެށުމަށް ހަމަޖައްސާފައިވާ ކަމަށާއި އަދި ޔުނިސެފްގެ އެހީއާއެކު ނާސްތާގެ ގޮތުގައި ދޭނެ 10 މެނޫއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެ ދިހަ މެނޫއާއި ސްކޫލުތައްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މެނޫގައި ހިމެނޭ ތަކެތި

މެނޫ 1: ރޮށި، ބިސްގަނޑު، ކިރު

މެނޫ 2: ރޮށި، ފަތު މަސްހުނި، ކިރު

.މެނޫ 3: ރޮށި، ތަރުކާރީ މަސްހުނި، ކިރު

މެނޫ 4: ރޮށި، ބަރަބޯ މަސްހުނި، ކިރު

މެނޫ 5: ރޮށި، ބަށި މަސްހުނި، ކިރު

މެނޫ 6: ބޭކަޑް ބީންސް، ރޯލް، ކިރު

މެނޫ 7: ބިސް، ސޭންޑްވިޗް، ކިރު

މެނޫ 8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު

މެނޫ 9: ޗީޒް ސޭންޑްވިޗް، ކިރު

މެނޫ 10: ޕާން، ޕީނަޓް ބަޓާ، ކިރު

ހެނދުނުގެ ނާސްތާ ފުރަތަމަ ފަށާ 25 ސްކޫލް:

1- މަޖީދިއްޔާ ސްކޫލް

2- އަމީނިއްޔާ ސްކޫލް

3- އިސްކަންދަރު ސްކޫލް

4- ހުރަވީ ސްކޫލް (ހުޅުމާލޭގައި އަލަށް ކިޔަވައިދޭން ފަށާ ސްކޫލް)

5- މުހްޔިއްދީން ސްކޫލް

6- ޝަހީދު އަލީ ތަކުރުފާން ސްކޫލް (ހއ. ތަކަންދޫ)

7- މ. ނާލާފުށި ސްކޫލް

8- ވ. ފުލިދޫ ސްކޫލް

9- ތ. ބުރުނި ސްކޫލް

10- އއ. މާޅޮހު ސްކޫލް

11- ރ. ރަސްމާދޫ ސްކޫލް

12- ހދ. ނޭކުރެންދޫ ސްކޫލް

13- ލ. އަތޮޅު ސްކޫލް (މާބައިދޫ)

14- ނ. މާފަރު ސްކޫލް

15- ދ. އަތޮޅު މަދަރުސާ (މީދޫ)

16- ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)

17- ގއ. ދާންދޫ ސްކޫލް

18- ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)

19- ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)

20- ޏ. އަތޮޅު ތައުލީމީ މަރުކަޒު

21- އދ. އަތޮޅު ސްކޫލް (މާމިގިލި)

22- ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)

23- މިލަންދޫ ސްކޫލް

24- ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

25- ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)

މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި އަންނަ ދިރާސީ އަހަރާއެކު 25 ސްކޫލުން ފެށިކަމުގައި ވިޔަސް ޕްރޮޖެކްޓް ނިމިގެންދާއިރު ރާއްޖޭގެ 212 ސްކޫލުގައި ނާސްތާ ދޭން ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް