އަދުރޭއަށް އަޅުގަނޑާ ވާދަކުރާކަށް ނުކެރޭނެ: މޫސާ ސިރާޖު

ފޮނަދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް، ގާނޫނީ ވަކީލު މޫސާ ސިރާޖާއި ވާދަކުރަން ނުކެރޭނެ ކަމުގައި ސިރާޖު ވިދާޅުވެއްޖެއެވެ. ސިރާޖު މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި އި...

22 Dec 2018 | 03:05

ފޮނަދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް، ގާނޫނީ ވަކީލު މޫސާ ސިރާޖާއި ވާދަކުރަން ނުކެރޭނެ ކަމުގައި ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި އިއްޔެ ޖެހި ޕޯސްޓެއްގައެވެ.

ޓިކެޓް ލިބުނަސް ފޮނަދޫ ދާއިރާއަށް ވާދަކުރަން އަދި ނުނިންމާކަމަށް އަވަސް ނޫހަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވެފައިވާއިރު އަދުރޭގެ ވާހަކަފުޅަށް ނިސްބަތްކޮށް ޝިރާޖު ވިދާޅުވެފައިވަނީ ފޮނަދޫ ދާއިރާ އެމްޑީޕީ ޓިކެޓް އޭނާއަށް ލިބިއްޖެނަމަ އަދުރޭއަށް އޭނާއާ ވާދަކުރަން ނުކެރޭނެ ކަމަށެވެ.

"އަދުރޭއަށް ގޮތެއް ނުނިންމިގެން އުޅޭ ސަބަބަކީ މީ" ސިރާޖު ވިދާޅުވެފައިވެއެވެ.

އަވަސް ނޫހުގެ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ޕީޕީއެމްގެ ފަރާތުން ޓިކެޓު ލިބިފައިވާ ކަމަށާއި ނަމަވެސް އެ ދާއިރާއަށް ކުރިމަތިލުމާ މެދު ގޮތެއް ނުނިންމަވާ ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ އެކަމާއިމެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ. އެއީ ޖަވާބު ދޭން އަދި އުނދަގޫ ސުވާލެއް ކަމަށެވެ. ވިސްނަންޖެހޭ ބައެއް ކަންކަން އެބަ ހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް