ނ އަތޮޅާއި މާލެއާއި ދެމެދު ދަތުރުކުރާ ލޯންޗެއް 20 މީހުންނާއެކު އަޑިއަށް ގޮސްފި އެވެ. މި ލޯންޗު އަޑިއަށް ގޮސްފައިވަނީ ނ މަނަދޫގެ ފަޅުތެރެއަށެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވަނީ ނ މަނަދޫ އަށް ދިޔަ ލޯންޗެއް އެ ރަށު ފަޅުތެރެއަށް ވަން ތަނުން ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 12:00 ހާއިރު ލިބިފައިވާކަމަށެވެ.
"ލޯންޗު ގައި އެވަގުތު 20 މީހުން ތިބި، ލޯންޗު ދިޔަވެ އަޑިއަށް ދިޔަތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ވަނީ ފުން ކުރެވިފައި" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
ދުވަހަށް މައުލޫމާޓު ލިބިފައިވާގޮތުގައި އެ ލޯންޗުން ދަތުރު ކުރި މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ. އަދި އެ ލޯންޗު މަނަދުއަށް ދިޔައީ މާލެ ދަތުރުކުރުމަށް އެ އަތޮޅުގެ ރަށްރަށުން މީޙުން ނަގަމުން ކަމުގައިވެސް ދުވަހަށް ވަނީ މައުލޫމާތު ލިބިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް