މިސްރުގައި ނެރެން އުޅުނު ސްމާޓްފޯނު – ބެޓެރީތައް ވަގަށް ނެގުމުން ނެރުން ލަސްކޮށްފި

މިސްރުގައި އަލަށް ނެރެން އުޅުނު ސްމާޓް ފޯނު، އެ ފޯނުތަކަށް ބޭނުންވާ ބެޓެރީ ޝިޕްމަންޓް ވަގަށް ނެގުމުން އެ ފޯނު ނެރުން ފަސްކޮށްފި އެވެ. އެސްއައިސީއޯ(ސީކޯ) ނަމަކަށް ކިޔާ އެ ކުންފުނިން ބުނެފައިވަނީ ވަގަށް...

22 Dec 2017 | 13:51

މިސްރުގައި އަލަށް ނެރެން އުޅުނު ސްމާޓް ފޯނު، އެ ފޯނުތަކަށް ބޭނުންވާ ބެޓެރީ ޝިޕްމަންޓް ވަގަށް ނެގުމުން އެ ފޯނު ނެރުން ފަސްކޮށްފި އެވެ.

އެސްއައިސީއޯ(ސީކޯ) ނަމަކަށް ކިޔާ އެ ކުންފުނިން ބުނެފައިވަނީ ވަގަށްނެގި ޝިޕްމެންޓްގައި 15 ހާސް ބެޓެރީ ހިމެނޭ ކަމަށެވެ.

އެ ކުންފުނީގެ ސްމާޓް ފޯނު މިސްރުގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅުގައި އެވެ. ނަމަވެސް ބެޓެރީ ޝިޕްމަންޓް ވަގަށް ނެގުމުން ދެން އެ ފޯނު ނެރޭނެ ވަކި ތާރީހެއް ސީކޯ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް