މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގައި އޮތް ވެހިކަލެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

ރ މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގައި ޕާކު ކޮށްފައި އޮތް ޕޮލިސް ވެހިކަލެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެވެ. ބެ...

22 Dec 2017 | 12:43

ރ މަޑުއްވަރީ ޕޮލިސް ސްޓޭޝަނުގައި ޕާކު ކޮށްފައި އޮތް ޕޮލިސް ވެހިކަލެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެވެ. ބެލެވޭ ގޮތުގައި އެކަން ހިނގާފައިވަނީ ދަންވަރު 1:00 އާއި 05:00 އާއި ދެމެދުގެ ވަގުތެއްގައި އެވެ. ނަމަވެސް މިކަން ކޮށްފައިވާ ގަޑި ސީދާ ސާފުވާ ގޮތެއް ނުވެ އެވެ.

އެނގިފައިވާގޮތުގައި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ވެހިކަލުގައި މިހާރު އޮތީ ސަތަރިގަނޑެއް އަޅާފައެވެ. އެހެންކަމުން އެ ވެހިކަލަށް ލިބިފައިވާ ގެއްލުން ސާފުވާގޮތެއް ނުވި އެވެ.

ފުލުހުން ބުނެފައިވަނީ ރ މަޑުއްވަރީގައި ޕޮލިސް ވެހިކަލް އަކަށް ގެއްލުންދިން މައްސަލައާއި ގުޅިގެން ފުލުހުން ދަނީ ހާއްސަ ތަހުގީގެއް ކުރަމުން ކަމަށެވެ.

"މިފަދަ އަމަލުތައް ފުލުހުން ކުއްވެރި ކުރުމާއެކު މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ގާނޫނީ ތަރަހައިން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން" ފުލުހުން ބުނެފައި ވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް