ރީކޯ މޫސަ މާދަމާ ޕީޕީއެމަށް ސޮއި ކުރައްވަނީ

އެމްޑީޕީން މިއަދު ވަކި ކުރި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާމަނިކު މާދަމާ ޕީޕީއެމަށް ސޮއި ކުރަން ހަމަޖެހިފައިވާކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެ އެވ...

22 Dec 2014 | 11:33

އެމްޑީޕީން މިއަދު ވަކި ކުރި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާމަނިކު މާދަމާ ޕީޕީއެމަށް ސޮއި ކުރަން ހަމަޖެހިފައިވާކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެ އެވެ.

މުއުތަބަރު ފަރާތަކުން ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރީކޯ މޫސަ ޕީޕީއެމަށް ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މާދަމާ މެންދުރުގެ ވަގުތެއްގައި ނަސަންދުރަ ޕެލަސް ހޮޓަލުގައި ކަމަށެވެ. ނަމަވެސް އެ ރަސްމިއްޔާތު އޮތީ ކޮން ވަގުތެއްގައިކަން އަދި ކަށަވަރު ނުވާ ކަމަށް އެ ފަރާތުން ހާމަކުރެއެވެ.

މޫސަ އެމްޑީޕީން ވަކި ުކުރަން އެ ޕާޓީން މިއަދު ނިންމީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުނު މައްސަލާގައި، އެ ޕާޓީން އެކަމާ ދެކޮޅަށް ވޯޓުލާން އެމްޑީޕީ ޕީޖީން ވިޕް ނެރެފައި ވަނިކޮށް އެކަމާ ހިލާފުވީ މައްސަލާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް