ފޭދޫ ބަނދަރު ބޭރަށް ފަރަށް އެރި ފެރީއެއް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުންކޮށްފި

ސ. ފޭދޫ ބަނދަރު ބޭރަށް ފަރަށް އެރި ފެރީއެއް ސިފައިންނާއި ފުލުހުންގެ މަސައްކަތްކުން ފުންކޮށް ފޭދޫ ބަނދަރަށް ވައްދައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ އެ ފެރީއަކީ ސަންގްރިއްލ...

22 Dec 2014 | 07:22

ސ. ފޭދޫ ބަނދަރު ބޭރަށް ފަރަށް އެރި ފެރީއެއް ސިފައިންނާއި ފުލުހުންގެ މަސައްކަތްކުން ފުންކޮށް ފޭދޫ ބަނދަރަށް ވައްދައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ އެ ފެރީއަކީ ސަންގްރިއްލާ ރިސޯޓްގެ ފެރީ ކަމަށާއި ފަރަށް އެރީ އިންޖީނުގައި ކޮންމެވެސް މައްސަލައެއް ޖެހިގެން ކަމަށެވެ. އަދި އިންޖީނުގައި މައްސަލަ ޖެހިގެން ބާރު އަޑެއްވެސް ގޮވި ކަމަށާއި އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމީހާ ބުންޏެވެ.

" ފަރަށް އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ ސިފައިންގެ ހާބާ ކްރާފްޓް ލޯންޗެއް އެ ސަރަހައްދަށް އައި އަދި ފުލުހުންވެސް އެ ސަރަހައްދަށް އައި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު ފެރީ މިހާރު އޮތީ ފޭދޫ ބަނދަރުގައީ" މަންޒަރު ދުއް މީހާ ކިޔާދިނެވެ.

މަންޒަރު ދުއް މީހާ އިތުރަށް ބުނީ އެ ފެރީ އިންޖީނު މައްސަލަޖެހި ފަރަށް އެރީ ގާތްގަނޑަކަށް 11:30 ހާއިރު ކަމަށާއި ސިފައިންނާއި ފުލުހުންގެ އެހީގައި ފޭދޫ ބަނދަރަށް ފެރީ ވެއްދީ މެންދުރު 12:00 ގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް