ފަރަށް އެރި ފެރީއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްފީފި

ގދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ފެރީއެއް އެއަތޮޅު ގައްދޫ ނެރުކައިރީ ފަރަށް އެރުމާއި ގުޅިގެން އެދޯންނަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފުލުހުން ބުނީ މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބި...

22 Dec 2014 | 06:56

ގދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ ފެރީއެއް އެއަތޮޅު ގައްދޫ ނެރުކައިރީ ފަރަށް އެރުމާއި ގުޅިގެން އެދޯންނަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށާއި މި މަޢުލޫމާތު ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު އެސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޑިންގީއެއްގައި އެ ސަރަޙައްދަށް ގޮސް ފެރީގައި ތިބި މީހުން ސަލާމަތްކޮށް ގައްދޫއަށް ގެންގޮސްފައިވާކަމަށެވެ.

އަދި ފެރީ ފަރަށް އެރުމާއި ގުޅިގެން އެދޯނި ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި ގައްދޫގެ ބައެއް ރައްޔިތުންގެ ގުޅިގެން ކޮށްފައިވާއިރު މި ފެރީ މިހާރުވަނީ ފުންކުރެވިފައިވާކަމަށާއި މިހާދިސާ ހިނގި ވަގުތު އެފެރީގައި 2 ފިރިހެނަކާއި 2 އަންހެނެއްގެ އިތުރުން 2 ކުޑަކުއްޖަކު ދަތުރުކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި ފެރީ ފަރަށް އަރާފައިވަނީ މިއަދު ހެނދުނު 5:30 ހާއިރުއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް