ސަޕްލައި މައްސަލައަކުން ބާޒާރުގައި އަގުބޮޑަސް، އެސްޓީއޯއިން އަގުހެޔޮކޮށް ކެރެޓު ލިބޭނެ: ސައީދު

މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް

22 Nov 2026 | 20:34
ސަޕްލައި މައްސަލައަކުން ބާޒާރުގައި އަގުބޮޑަސް، އެސްޓީއޯއިން އަގުހެޔޮކޮށް ކެރެޓު ލިބޭނެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު ބޮޑުވެފައިވަނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު އުޅެނީ 170 ރުފިޔާ އަށެވެ. ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

Advertisement

އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ސައީދު ވިދާޅުވީ ކެރެޓުގެ އަގުބޮޑުވާން ދިމާވި ސަބަބު ބެލި އިރު އެކަން ދިމާވީ ސަޕްލައި ކުރުމުގެ މައްސަލައަކުން ކަން އެނގިފައިވާ ކަމަށެވެ. މިހާރު ސަޕްލައި މައްސަލަދިމާވި ކުންފުނިތަކުގެ މުދާ ވަނީ ކުލިއާ ކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ހައްލު ވުމުން ދެން ކެރެޓުގެ އަގު ބޮޑުކޮށް ނުވިއްކާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބާޒާރުގައި ކެރެޓުގެ އަގު ބޮޑުވެ، ލިބުމުގައި ދަތިވި އިރުވެސް އެސްޓީއޯއިން 40 ރުފިޔާ އަށް ކިލޯ ލިބެންހުރި ކަމަށެވެ. އަދި މިއަދުވެސް އެސްޓީއޯއިން އިތުރު ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް