ފުވައްމުލަކުގަ ޑްރަގް ކެފޭއެއް ހިންގާ ގެއެއްގެ ބައެއް ބަންދުކޮށް ދެ މީހަކު ޙައްޔަރުކޮށްފި

22 Nov 2026 | 19:26
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ފުވައްމަލު ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮލަރޭޝަނެއްގައި ގެއެއްގެ ބައެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި ޢެވެ.

މި އޮޮޕަރޭޝަން ހިންގީ މިމަހުގެ 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ނެވެ.

Advertisement

މި މައްސަލައިގަ ހައްޔަރު ކުރީ ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގެ، އަޙްމަދު ރަޝީދު (32އ) އާއި ޏ .ފުވައްމުލައް / ދޫޑިގަން ރޫބީ، މުޙައްމަދު ޝާޛް (36އ) އެވެ. އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޝާޛް 15 ދުވަހަށް އަދި އަޙްމަދު ރަޝީދު 12 ދުވަަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގޭގައި، އަޙްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލައާ ގުޅިގެން، އަޙްމަދު ރަޝީދު ދިރިއުޅޭ ބައި 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ 2026 ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް