ޑްރަގް ކޯޓުގެ އަމުރަކާ ގުޅިގެން ރިމާނާ މޫސާ ހޯދުމަށް ފުލުހުން އިއުލާންކޮށްފި

ޑްރަގް ކޯޓަށް ހާޒިރުނުކުރެވިގެން ބަންދުގައި ބަހައްޓައިގެން ގެންދިއުމަށް ނެރުނު އަމުރަކާ ގުޅިގެން މާލޭ އަންހެނެއް ކަމަށްވާ ރިމާނާ މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.

22 Nov 2026 | 16:30
ޑްރަގް ކޯޓުގެ އަމުރަކާ ގުޅިގެން ރިމާނާ މޫސާ ހޯދުމަށް ފުލުހުން އިއުލާންކޮށްފި

ޑްރަގް ކޯޓަށް ހާޒިރުނުކުރެވިގެން ބަންދުގައި ބަހައްޓައިގެން ގެންދިއުމަށް އެ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މާލޭ އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަމުން ގެންދަނީ ގ. ރަނައުރާގޭއާގެ، ރިމާނާ މޫސާ (42 އަހަރު) އެވެ. އޭނާ ހާޒިރުކުރަންޖެހެނީ ޑްރަގް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން 2026 ވަނަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

Advertisement

ރިމާނާ މޫސާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް