އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ރަޖިސްޓްރީ ނަންބަރު C-0075/2019 ގެ ދަށުން ހިންގަމުން ދިޔަ އެ ކުންފުންޏާ ގުޅޭ މި މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހެޅީ 2025 ޖުލައި 16 ވަނަ ދުވަހުއެވެ. ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅީ 2025 ނޮވެމްބަރު 18 ވަނަ ދުވަހުއެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އެ ކުންފުނީގެ ހަވާލުގައި އުމްރާ ދަތުރަށް ޖުމްލަ 109 މީހަކު ފައިސާ ދައްކާފައިވެއެވެ. އެ ފައިސާގެ ޖުމްލަ 2,660,300ރ (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިން ސަތޭކަ ރުފިޔާ) އަށް އަރާ ކަމަށް ވެސް ތަހުގީގުން އެނގިފައިވެއެވެ.
މި މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ ޕީޖީ އޮފީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް