ޑީއާރުޕީގެ އެސްޖީކަމަށް ޖާބިރުގެ ދަރިކަނބަލުން

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ކަމުގެ މަގާމަށް އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަ...

22 Nov 2019 | 14:37

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ކަމުގެ މަގާމަށް އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފިއެވެ.

އެ މަގާމަށް އާމިނަތު ޖާބިރު ހަމަޖައްސާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ޑީއާރުޕީން ބުނެއެވެ.

ޑީއާރުޕީން ބުނެފައިވަނީ އެ މަގާމަށް އާމިނަތި ޖާބިރު ހަމަޖައްސާފައިވަނީ ރޭގައި ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ކަމަށެވެ.

ޑީއާރުޕީއަށް އައު ސެކްރެޓަރީ ޖެނެރަލަކު ހަމަޖައްސާފައިވާއިރު އޭ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ނަހުލާ އަލީ ވަނީ ދާދިފަހުން ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ނަހުލާއާއެކު އެ ޕާޓީގެ ނައިބު ލީޑަރު ކާނަލް ނަޝީދުވެސް ވަނީ ޑީއާރުޕީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް