ކަމަކަށް ބަޔަތު ނުހިފުމުން ކޮށާލައި އެއްލާލީ މަޑުއްވަރީ މީހެއް، އޭނާ ހޯދަން ބަޔަކު މާޅޮހަށްވެސް އެރި !

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ކަނޑަށް އެއްލާލުމުން އެމީހާ ފަތާފައި އއ. މާޅޮހަށް އެރުމުން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު އެމީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނައިރު ކަން ހިނގާ...

22 Nov 2019 | 05:58

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ކަނޑަށް އެއްލާލުމުން އެމީހާ ފަތާފައި އއ. މާޅޮހަށް އެރުމުން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު އެމީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނައިރު ކަން ހިނގާދިޔަ ގޮތުގެ ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ދުވަހަށް ލިބިއްޖެއެވެ.

އެގޮތުން މާޅޮހުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެހީވާށޭ ގޮވަމުން ރަށުގެ ތުނޑީކޮޅުން އަރައިގެން އައީ ރ. މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހައްމާދު ނޫންނަމަ އައްމާދު ނަމަކަށް ކިޔާ މީހެކެވެ. އެމީހާ އައިސް ވެއްޓުނީ އެ ރަށު އެންމެ އަތިރީގައި ހުންނަ ގޭގެ ފާރު ބުޑަށެވެ.

އޭރު އެތާނގައި ތިބި މީހުންނަށް އެންމެ ފުރަތަމަ އެމީހާއާ ގާތްވާކަށް ނުކެރުނެވެ. ހަމަލާ ދީފައި އޮތް މީހެއްކަން އެނގުނީ މާ ފަހުންނެވެ. ލަނޑާ ނަގާ ދޯންޏެއްގައި އޭނާއަށް ބަޔަކު ހަމަލާދިނީ ކޮންމެވެސް ކަމަކަށް އޭނާ ބަޔަތު ނުހިފައިގެންކަން ތަކުރާރުކޮށް އޭނާ ބުނިކަމަށްވެއެވެ.

"އެތައް ތަނަކަށް ހަމަލާ ދީފައި ހުރި، ބޮލުގެ ފުއްކިބަ ނުނެއްޓި އިނީ ހަމަ ކިރިޔާ، ކަންފަތާ ހަމައިން ދަތްދޮޅި ނުނެއްޓި އިނީވެސް ހަމަ ކިރިޔާ އަނގައިގަ ހިފައިގެން އިނދެ ވާހަކަ ދެއްކީވެސް" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ދެން އެ ރަށު ސިއްހީ މަރުކަޒަށް ގުޅައިގެން ރަށު ސިއްހީ މަރުކަޒު ހުޅުވައިގެން އެ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ބަޔަކު އޭނާ ހޯދަށް އެ ރަށަށްވެސް އެރިއެވެ. އެއީ އެބުނާ ދޯންޏެއްގެ މީހުން ކަމަށް ބެލެވެއެވެ. އެ ރަށަށް ބޮޑު ދެ ބައްތި ހިފައިގެން އަރާ އުޅުނު ކަމަށްވަނީ ދެމީހެކެވެ.

އަދި އެ ދޯނިން މީހަކު ގެއްލިގެން އުޅޭ ކަމާއި ހޯދުމުގައި އެހީތެރިވުމަށް ރަށުގެ މީހެއް ގާތު ބުނިކަމަށްވެސް ވެއެވެ. ނަމަވެސް އޭރު ޒަހަމްވި މީހާ ސިއްހީ މަރުކަޒަށް ވައްދައި އެއްބަޔަކު ބޭރުގައި ތިބީ ސިއްހީ މަރުކަޒު ތަޅުލައިގެންނެވެ. އަދި އެމީހުންނަކީ ފަތިހު ފުޓްބޯޅަ ކުޅެންދާން ހޭލާ އުޅުނު ބައެއް ކަމަށް އެރަށަށް އެރި މީހުން ގާތު އެމީހުން ބުނެ އޮޅުވާލި ކަމަށްވެއެވެ. ފުއްޓަރު ފަރާތް ހޯދާ ބެލުމަށްފަހު އެމީހުން އަނެއްކާވެސް ދިޔަކަމަށް ވަނީ ދޯންޏަށެވެ. އެ ދޯނީގައި ދޭއް ނުވަތަ ތިން މީހަކު ތިބި ކަމަށް ވެއެވެ. އެމީހުންގެ ތެރޭގައި މާޅޮހު މީހަކާ އިނދެގެން އުޅޭ ރަށުން ބޭރު މީހަކުވެސް ހިމެނޭކަމަށް ވެއެވެ.

ދުވަހަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ޒަހަމްކޮށްލާފައި އޮތް މީހާ ބުނި ގޮތުން ނަމަ ކޮންމެވެސް ކަމަކަށް ބަޔަތު ނުހިފުމުން އޭނާ ކޮށާލައި ކަނޑަށް އެއްލާލީއެވެ. ނަމަވެސް ބަޔަތު ނުހިފީ ކޮން ކަމަކަށް ކަން އޭނާ ނުބުންޏެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިހާރު އައިޖީއެމް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް