މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން އެމްޑީއޭއިން ނިންމައިފި

އަންނަ އަހަރުގެ މާރިޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް ވާދަކުރަން މޯލްޑިވްސް ޑެވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ. އެ ޕާޓީން ހ...

22 Nov 2018 | 18:57

އަންނަ އަހަރުގެ މާރިޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް ވާދަކުރަން މޯލްޑިވްސް ޑެވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.

އެ ޕާޓީން ހާމަކޮށްފައިވާގޮތުގައި މިގޮތަށް ނިންމާފައިވަނީ އެ ޕާޓީން މިއަދު ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެމްޑީއޭއިން ހާމަކޮށްފައިވާގޮތުގައި މިކަން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވީ އެ ޕާޓީގެ ލީޑަރު އަޙްމަދު ޝިޔާމް މުޙައްމަދެވެ.

މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލުމަށް އެމްޑީއޭއިން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ދައުރުގައި އެމްޑީއޭގެ ފަސް މެމްބަރުން ތިއްބަވައެވެ. އެއީ ޕާޓީގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިން އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް