ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމަށް ގަލޮޅު އުތުރުގެ އަޙްމަދު ޚަލީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް މާފަންނު ލަކްސްލިން ނީޒާ ޢިމާދާއި އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް ދަފްތަރު ނަންބަރު ރސ 1800 މުޙައްމަދު ޠާރިޤެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތިން ބޭފުޅުން ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް